އަބުރު ނަގާލާ މީހުންގެ އަބުރު ރައްކާތެރިކޮށްދިނުމަކީ ޤައުމުގެ ޒިންމާއެއް ނޫން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަބުރު ނަގާލާ މީހުންގެ އަބުރު ރައްކާތެރިކޮށްދިނުމަކީ ޤައުމުގެ ޒިންމާއެއް ނޫން: ފައިޞަލް
އަބުރު ހިމާޔަތްކުރުމަކީ އެމީހަކު ކުރަންޖެހޭ ކަމެއް ކަމަށާއި އަބުރު ނަގާލާ މީހުންގެ އަބުރު ރައްކާތެރިކޮށްދިނުމަކީ ޤައުމުގެ ޒިންމާއެއް ނޫން ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ހިންނަވަރުގައި ހުންނަވައިގެން މިއަދު ވިދާޅުވީ ބްރޯޑްކޮމުން ދެމުން ގެންދާ ސަރުކާރުން ދޭ މެސެޖެއްކަމަށެވެ. އަދި އެމެސެޖުގައި އެބުނަނީ މީޑިއާތަކުން މަސައްކަތް ހުއްޓާލާފައި މަޑުން ތިބުމަށް ކަމަށެވެ.

"އަބުރާ ޤަދަރާ އެމީހެއްގެ ކަރާމާތް ހިފެހެއްޓުމަކީ އެމީހެއްގެ ޒިންމާއެއް. އެއްވެސް ހާލެއްގައި ޤައުމުގެ ހުރިހާ ރައްޔިތުން އައިސް މީހެއްގެ އަބުރު ސަލާމަތްކޮށްދިނުމަކީ އެކަން އޮންނަ ގޮތެއް ނޫން. އެމީހަކު އަބުރު ނަގާލައި ހަޑިވައްތަރަށް އުޅޭނަމަ އެމީހެއްގެ އަބުރު އޮންނާނެތަނެއް އަޅުގަނޑަކަށް ނޭނގެ."

ފައިޞަލް ވިދާޅުވީ ބައެއް ޚަބަރުތައް ގެނެސް ދިނުމުން މީޑިއާތަކާއިމެދު ފިޔަވަޅު އަޅާފަހުން އެކަންކަމަކީ ހަމަ ޙަޤީޤަތުގައިވެސް ހިނގާފައިވާ ކަންކަން ވެސް އެނގެމުން އަންނަ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ޚަބަރު ފެތުރުމުގެ ފުރިހަމަ މިނިވަންކަން މީޑިއާތަކަށް ދޭންޖެހޭނެ ކަމަށާއި ކޯލިޝަނުގެ ސަރުކާރެއްގައި މީޑިއާތަކަށް ލިބެންޖެހޭ މިނިވަންކަން ލިބިގެންދާނެ ކަމަށެވެ. އަދި ބްރޯޑްކޮމް އިން ވެސް ކަންކަން ކުރަންޖެހޭނީ ޤާނޫނާއި އެއްގޮތަށް ކަމަށާއި އެނޫން ގޮތަކަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ ކޯލިޝަނުގެ ސަރުކާރުން އެކަމެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ފައިޞަލްގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން