ގުޅިފައިވާ ކޯލިޝަނުގެ ބައްދަލުވުމެއް މިރޭ ޅ. ކުރެންދޫގައި ބާއްވަން ހަމަޖައްޖައްސައިފިއެވެ. މިއީ ރަނިންމޭޓް ފައިޞަލް ނަސީމް ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ފެށްޓެވި ބައްދަލުވުމުގެ ތެރެއިން ބާއްވާ ބައްދަލުވުމެއް ކަމަށް ކޯލިޝަނުން ބުނެއެވެ.
ފައިޞަލް ނަސީމަށް ހިންނަވަރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. ހިންވަރުގައި ފައިޞަލް ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވައި ކޯލިޝަނުގެ ސަރުކާރެއްގައި އަމަލުކުރާނެ ސިޔާސަތުތައް ހާމަކުރައްވައިފައެވެ.
އިބޫ - ފައިޞަލަށް ތާއީދު ހޯއްދެވުމަށް ޖޭޕީގެ ކައުންސިލް މެންބަރު، ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ މިއަދު ގެންދަވަނީ އދ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ.
ޖޭޕީން ބުނެފައިވަނީ އައިޝާ ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާއި ރައްޔިތުން އަދިވެސް ތިބީ ވަރަށް ސާބިތު ކަމާއިއެކު ރައްޔިތުންެ ޤާސިމް އިބްރާހީމް އަށް ތާއީދުކޮށްގެން ކޯލިޝަނާއިއެކުގައި ކަމަށެވެ.