ވެރިކަން ކުރާނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގަ - ލިބޭ ކޮންމެ ލާރިއެއްވެސް ޚަރަދުކުރާނީ ރައްޔިތުންނަށް: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ވެރިކަން ކުރާނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގަ - ލިބޭ ކޮންމެ ލާރިއެއްވެސް ޚަރަދުކުރާނީ ރައްޔިތުންނަށް: ފައިޞަލް
ގުޅިފައިވާ ވެރިކަމުން ރާއްޖޭގެ ވެރިކަން ކުރާނީ ރައްޔިތުންގެ ޚާދިމުންކަން ހިތުގެ އަޑިން ޤަބޫލުކޮށް އެގޮތުގައި ތިބެގެން ކަމަށާއި އެހީތެރިކަން ބެނުންވާ އެންމެންނަށް އެހީތެރިވާ އޯގާތެރި ވެރިކަމެއް ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިޞަލް މިއަދު ވިދާޅުވީ ދައުލަތަށް ލިބޭ އެންމެ ވަކިލާރިއެއް އަދި އެންމެ ޑޮލަރަކަށް ވެސް ކޯލިޝަނުގެ ސަރުކާރުން ޚިޔާނާތްތެރި ނުވާނެ ކަަމަށާއި ލިބޭ ކޮންމެ ފައިސާ ފޮތްޗެއްވެސް ޚަރަދުކުރާނީ ރައްޔިތުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ވެރިކަމުގައި ތަރައްޤީކުރާނީ ބޮޑު، ބިޔަ މާލެއެއް ނޫން ކަމަށާއި މުޅި ރާއްޖެވެސް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ޒަމާނުންސުރެ ދިވެހިރައްޔިތުންނަކީ ޚުލްޤް ހެޔޮ އިޚްލާޞްތެރި ބައެއް ކަމަށާއި އެފަދަ ބައެއްގެ ވެރިކަން ކުރަން ވެސް ބޭނުންވަނީ ހަމަ އެފަދަ ޚުލްޤް ހެޔޮ އިޚްލާޞްތެރިއެއް ކަމަށެވެ. އެގޮތުން ބަލާއިރު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމެދު ޞާލިޙް (އިބޫ) އަކީ ޚުލްޤް ހެޔޮ އެފަދަ މާތް ބޭފުޅެއް ކަމަށެވެ. މެދުނުކެނޑި 25 އަހަރު ހިންނަވަރު ދާއިރާގެ މެންބަރަކަށް އިބޫ އިންތިޚާބުކޮށްފައިވުމުން އެކަމުގެ ހެއްކަކަށް ފުދޭ ކަމަށެވެ. މުޅި ޤައުމު އެދި ގޮވަމުންދަނީ ހެޔޮ ލަފާ އަދުލުވެރި ވެރިއަކަށް ކަމަށާއި އިބޫއަކީ އެފަދަ ބޭފުޅެއް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ރަށްރަށުގައި ދަމާ ދިދަފަތިތަކާއި ބަހައްޓާ ލިޔުންތައް ފަދަ ތަކެތިން ސިހިވަޑައިނުގަންނަވާނެ ކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުންގެ ހިތްތަކުގެ ލޯތްބާއި ތާއީދު ކަމަށެވެ.
މިއަދު އޮންލައިން