އަނބިކަނބަލުން ޢައިޝަތު ނަދާ މިއަދު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޤާނޫނުން ލިބިދީފައިވާ ހައްޤެއް ނަމަވެސް ނުޙައްޤުން ޖަލުގައި ޙުކުމް ތަންފީޒުކުރުވަމުން ގެންދާ އޭނާގެ ފިރިކަލުން ޢަބްދުﷲ ރިޔާޟް އަދިވެސް ރީރަޖިސްޓްރީ ނުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ނަދާ ވަނީ ވީހައި އަވަހަކަށް ފިރިކަލުން ރީރަޖިސްޓްރީކޮށްދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.
Vote lumakee QA in libidheefaivaa hahqakah vee iru, nuhahqun jalugai hukum thanfeez kuramun dhaa alhuganduge lobuvethi firimeehaa @riyazabdulla adhives reregistry kurevifai nuvaathee mikan vee enme avahakah kohdhinumah kamaa behey muahsasaa thakuge kibain alhugandu edhen.
— Aishath Nadha (@Aishnadha) August 10, 2018