ރައްޔިތުން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދުވަހަކު ބޭނުން ނުވާވަރަށް މިހާރު ތިބީ ބޭނުންވެގެން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައްޔިތުން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދުވަހަކު ބޭނުން ނުވާވަރަށް މިހާރު ތިބީ ބޭނުންވެގެން: ފައިޞަލް
ރައްޔިތުން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދުވަހަކު ބޭނުން ނުވާވަރަށް މިހާރު ތިބީ ބޭނުންވެގެން ކަމަށް ކޯލިޝަންގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ޅ. ކުރެންދޫގައި ބޭއްވި ޖަލްސާގައި ފައިޞަލް ވިދާޅުވީ ވެރިކަން ބަދަލުކުރަން ރައްޔިތުން އެވަރަށް ބޭނުންވެގެން އުޅެނީ ބިރުވެރިކަމާއި ނާމާންކަން މުޖުތަމައުއަށް ޢާންމުވެ ޤާނޫނު އަސާސީއަށް އަމަލުކުރުމުގައި ހުރިހާ ކަމަކުން ރައީސް ޔާމީން ފޭލްވުމުން ކަމަށެވެ. ބޭނުން ކޮންމެ ވަގުތަކު ޤާނޫނު އަސާސީއަށް ބަދަލުގެނެސް ކެނޑިނޭޅި ރައްޔިތުންނަށް އަނޔާވެރިވަމުން ގެންދާތީ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ މިފަދަ ހުރިހާ މުޞީބާތްތަކުން ކޯލިޝަނުގެ ވެރިކަމުގައި ރައްޔިތުން ސަލާމަތްކުރާނެ ކަމަށެވެ.

ޒުވާނުން ބަންދުކޮށް ޖަލުގައި ބޭތިއްބުމުގެ ބަދަލުގައި ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދީ ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ. ވަޒީފާއިން ރަނގަޅު އާމްދަނީ އެއް ލިބި ހަރުދަނާ ބައަކަށް ވުމުގެ ފުރުޞަތުތައް ފަހިކޮށްދޭނެ ކަމަށެވެ.

އޮޅުވެލިފުށީގައި ފައިޞަލް މިއަދު ވިދާޅުވީ ރާއްޖޭގައި އިތުރު ރިޒޯޓްތައް ހުޅުވި ނަމަވެސް ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ލިބުމުގައި ވަރަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ. ވަޒީފާއެއް ލިބުނު ނަމަވެސް މަސައްކަތްކުރަން ޖެހެނީ ބޭރު މީހުންގެ ދަށުން ކަމަށެވެ. އެހެންކަމުން ވަޒީފާތަކަށް ދިވެހިން ތަމްރީނުކުރާނެ މަރުކަޒުތައް އިތުރު ކުރައްވާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަތީފެންވަރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހިންނަށް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
މިއަދު އޮންލައިން