އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ކޮމަންވެލްތާއި ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރޭ ރާއްޖެ ޓީވީން ގެނެސްދިން "އިބޫ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް މުހައްމަދު ސޮލިހް ވިދާޅުވީ ވެރިކަން ލިބިވަޑައި ގެންފި ނަމަ ކޮމަން ވެލްތްގެ އިތުރުން ގަތަރާއި އީރާނާއި ކެންޑިފައިވާ ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ގިނަ ގައުމުތަކަށް ރާއްގޭގެ މޫނު ކެނޑިފައިވާ ކަމަށެވެ.
އެ ފާރާތްތަކާއި ގުޅުން ކަނޑަލުމުގެ ސަބަބުން ގެއްލުންވީ ދިވެހިންނަށް ކަމަށާއި އަދި ޒުވާނުންނަށް ލިބޭންހުރި ތައުލީމީ ފުރުސަތުތަކާއި ކުޅިވަރުގެ ފުރުސަތުތަކަށް ވެސް ހުރަސްއެޅިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.