ރިޔާސީ އިންތިހާބަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 31ސ
ރިޔާސީ އިންތިހާބަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފި
ސެޕްޓެމްބަރ 23 ގައި ބާވަން ހަމަޖެހިފައި ވާ ރިޔާސީއިންތިހާބަށް ޓްރެއިނަރުން ތަންރީނު ކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

ހަތް ދުވަސް ތެރޭގައި ކުރިއައް ގެންދާ މި ޕްރޮގްރާމްގައި 70 ބޭފުޅުން ތަމްރީނު ކުރެވިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ޓްރެއިނަރުންގެ މަސްއޫލިއްޔަތަކީ ވޯޓްފޮށި ކާރީގައި ތިބޭ އޮފިޝަލުން ތަމްރީނު ކުރުމެވެ.

މިއަދު ބެވިގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސްގެ މާސްޓަރ ޓްރެއިނަރު އަބްދުﷲ ރާޒީ ވިދާޅުވީ މި ތަމްރީނުތެރޭގައި އިލެކްޝަނާ ބެހޭ ގާނޫނާއި ގަވައިދުތަކަށާއި ވޯޓުލާ މަރުކަޒުގައި ބެހެއްޓިގެންދާނެ ތަކެއްޗަށް އަހުލުވެރި ކުރުން އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ވޯޓުތައް ނަގާ ދުވަހު ވޯޓުނަގާ މަރުކަޒުގައި ދިމާވެދާނެ އެކި ކަހަލަ ހާލަތްތަކަށް ރިޔާއަށްކޮއް ޕްރެކްޓިކަލް ދަސްކުރުންވެސް ކުރިއަށް ގެންދާނެ ވާހަކަ ރާޒީ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެބައްދަލްވުމުގައި ވިދާޅުވީ ޓްރެއިނަރުންގެ ގޮތުގައި ނަގާފައިވާ 70 ބޭފުޅުނަނަކީ މިހާރު އިލެކްޝަންސްގެ މުވައްޒަފުން ކަމަށާއި އެފަރާތްތައް އެއްވެސް ކަހަލަ ސިޔާސީ ކަމެއްގައި ހަރަކާތްތެރިވެގެން ނުވާނެކަމަށެވެ.

"ތިޔަ ބޭފުޅުންގެ ގައިގައި އެއްވެސް ސިޔާސީ ކުލައެއް ޖެހިފައި ހުރުމަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއްނޫން، އިންތިހާބުގެ މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ފާޅުކަންމަތީ އޭނާގެ ފިކުރު އާންމުކޮށް ހާމަ ނުކުރައްވާ،" އަހްމަދު ޝަރީފް ވިދާޅުވިއެވެ.

އިލެކްށަންސްގައި މަސައްކަތްކުރާ ބޭފުޅެއްގެ ސިޔާސީ ފިކުރު ހާމަކުރަން ޖެހޭނީ ވޯޓު ކަރުދާހުގައިކަން ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ވެސް އެބޭފުޅެއްގެ ސިޔާސީ ފިކުރު ހާމަކޮށްގެން ނުވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މިއަދު އޮންލައިން