އިމާރާތެއް އެޅުމަކުން ނުފުދޭ - ޚިދުމަތްދޭނެ މުވައްޒިފުން ތިބެންޖެހޭ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިމާރާތެއް އެޅުމަކުން ނުފުދޭ - ޚިދުމަތްދޭނެ މުވައްޒިފުން ތިބެންޖެހޭ: ފައިޞަލް
ހޮސްޕިޓަލުތަކާއި ސްކޫލުތަކުގެ އިމާރާތް ބޮޑުކުރުމަކުން އެކަނި ނުފުދޭ ކަމަށާއި ޚިދުމަތްދޭނެ މުވައްޒިފުން ހަމައަށް ތިބެގެން ނޫނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިއަދު ވިދާޅުވީ ސްކޫލްތަކަށް ޒިޔާރަތް ކުރެއްވުމުން ޓީޗަރުން އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ ޓީޗަރުން މަދުކަމުން ނަގަންޖެހޭ ގަޑި ދެގުނައަށް އިތުރުވެފައިވާކަމުގެ ޝަކުވާ ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ ސަރުކާރެއްގައި ސްކޫލްތަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަކޮށް މިފަދަ މައްސަލަތައް ހައްލުކުރައްވާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ފެލިވަރުގައި މަސްކާރުޚާނާއެއް ހިންގާތާ އަހަރުތަކެއް ފާއިތުވި ނަމަވެސް ފެލިވަރުވެސް ވަނީ އެކަށީގެންވާ ފެންވަރަށް ތަރައްޤީ ނުކުރެވިކަން ނައިފަރާއި ޅ. އަތޮޅުގެ ރައްޔިތުން ފާހަގަކުރާ ކަމަށެވެ. އެހެންކަމުން ފެލިވަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ޒުވާނުންނަށް ދިރިއުޅެވޭނެ ވަރުގެ ވަޒީފާތައް ހަމަޖައްސައިދޭނަން. ފެލިވަރުގައި ވަޒީފާ އަދާކުރާ ޒުވާނުން ބައިތިއްބާނީ 25 ކިލޯގެ އައިސްބްލޮކްތައް މުގުރާކަށް ނޫން." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން