މާދަމާއަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 50ސ
މާދަމާއަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ހަމަޖައްސައިފި
ސައުދީ އަރަބިއްޔާ އަށް ހަނދު ސާބިތުވުމާއި ގުޅިގެން، މާދަމާއަކީ ރާއްޖެއަށް ވެސް މިއަހަރުގެ ބަރަކާތްތެރި ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާދަމާއަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައިވުމުންލ މިއަހަރުގެ އަރަފާތު ދުވަސް ކަމުގައި ވާނީ މިހިނގާ އޯގަސްޓް މަހުގެ 20 ވަނަ ދުވަސް ކަމުގައެވެ. އެހެންކަމުން މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 21 ވަނަ ދުވަސް ކަމުގައި ވެސް އެމިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

"މިދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމުގެ ތަޢުފީޤު އަޅަމެންނަށް ދެއްވައި، ދިވެހި ޤައުމަށް އަމާންކަން މިންވަރު ކުރައްވާށި" އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.


މިއަދު އޮންލައިން