ޝަރީއަތްކޮށް ނުނިންމައި ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްވުރެ ބޮޑު އަނިޔާއާ ބޭއިންސާފަކީ ކޮބައިތޯ ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ސުވާލުކުރައްވައިފިއެވެ.
އެމަނިކުފާނު މިމޭރުމުން ސުވާލުކުރައްވާފައިވަނީ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްްމަދު މަގުމަތީގައި ހުންނަވަނިކޮށް، އޭނާ ކުރެއްވި ކުށެއް ބަޔާން ނުކޮށް ފުލުހުން އިލްހާމް ހައްޔަރުކޮށް ޖަލު ބަންދުގައި ބަހައްޓަމުން ގެންދާތާ 180 ދުވަސް ހަމަވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"އެމްޕީ އިލްހާމް އަޙްމަދު ނުޙައްޤުން އަނިޔާވެރިކަމުގައި ޖަލުގައި ބަންދުކޮށްފައި ބަހައްޓާތާ 180 ދުވަސްވީ. އަދިވެސް ޝަރީޢަތްކޮށް ނިންމާކަށް ނޫޅޭ. މިއަށްވުރެެ ބޮޑު އަނިޔާއާ ބޭ އިންސާފަކީ ކޮބައިތޯ؟"
ޖޭޕީގެ ޕޯޑިއަމްގައި ލައިވްކޮށް ދެއްވި ވާހަކަފުޅަކާއި ގުޅިގެން ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ މައްޗަށް ވަނީ 3 އަހަރާ 2 މަހާ 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމްކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޢައިރު ޙާޒިރުގައި ރޭގަނޑު ދަންވަރުއެވެ. އެ ބަޔާނުގައި ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މައްސަލަ ވަނީ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތއިުނާފްކޮށްފައެވެ. އަަހަރު ފުރެން ދާދިކައިރިވެފައިވާއިރުވެސް އަދިވެސް މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެއެވެ.
MP Ilhaam Nuhahqun Aniyaaveri kamugai jalu gai bandhukohfai hunnathaa 180 dhuvasvee Adhi ves Sareeaiyves koh ninmaakah noolhey. Miahvurebodu aniyaa aa bey insaafakee kobaitho ??? pic.twitter.com/jFUW1eMm40
— Qasim Ibrahim (@qasimibrahim) August 11, 2018