ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ބޭނުން ހެޔޮ ގޮތުގަ ހިފުމަށް ޑރ. އިޔާޟް އިލްތިމާސްް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ބޭނުން ހެޔޮ ގޮތުގަ ހިފުމަށް ޑރ. އިޔާޟް އިލްތިމާސްް ކުރައްވައިފި

މިއަދަކީ މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ 10 ދުވަސްކަން ޟާހަގަކުރައްވައި ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިލްތިމާސްް ކުރައްވައިފިއެވެ.

ޑރ. އިޔާޟް ވިދާޅުވެފައިވަނީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ މާތްވެގެންވާ ދުވަސްތައް ކަމަށްވުމުން އެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް ނަޞޭޙަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

"މިއަދަކީ މިއަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަސް. ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އެންމެ މާތްވެގެންވާ ދުވަސްތައް. ވީމާ މިދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް ނަޞޭޙަތްތެރިވަން. މިދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤް މިންވަރުކުރައްވަވާށި."



މިއަދު އޮންލައިން