100،000 މީހުން ރީރަޖިސްޓަރ ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
100،000 މީހުން ރީރަޖިސްޓަރ ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އިބޫ

ރާއްޖޭގައި ތިބި ވޯޓުލާންޖެހޭ މީހުންގެ އާބާދީއަށް ބަލާއިރު 100،000 މީހުން ރީރަޖިސްޓަރ ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ ވިދާޅުވީ މިފަދަ ގޮތެއް މެދުވެރިވީ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ރީރަޖސްޓްރީ ކުރަން ގަދަކަމުން ފޯމު ފުރުވުމުންވެސް އެކަމަށް އިތުބާރު ނުކޮށް ގިނަބައަކު އަމިއްލައަށް ފޯމް ހުށަހެޅުމުން ކަމަށް ވެދާނެ ކަމަށެވެ.

އިބޫ މިއަދު މިމޭރުމުން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ފޯމް ފުރިނަމަވެސް ރީރަޖިސްޓްރީ ވި ނަމަވެސް އިތުބާރު ނުކުރުމަށާއި ކޮންމެ ދުވަހަކުވެސް އެސްއެމްއެސްކޮށް ބަލަމުން ގެންދިއުމަށެވެ.

ރީރަޖިސްޓްރީ ކުރުމުގައި ޤަވާއިދާއި ޚިލާފަށް ކަންތައްތަކެއް ކުރަމުން ގެންދާކަން ހާމަވާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ ޢާންމުވެފައެވެ.
މިއަދު އޮންލައިން