ހިތްދަތިކަމާ ހިތާމައިގައި ނޫޅޭ އެއްވެސް އާއިލާއެއް ނެތް: ފައިސަލް ނަސީމު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހިތްދަތިކަމާ ހިތާމައިގައި ނޫޅޭ އެއްވެސް އާއިލާއެއް ނެތް: ފައިސަލް ނަސީމު
ގައުމުގައި ހިތްދަތިކަމާ ހިތާމައިގައި ނޫޅޭ އެއްވެސް އާއިލާއެއް ނެތް ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރަނިންމޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި މިއަދު އެ އަތޮޅު ބިލަތްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ފައިސަލް ވިދާޅުވީ އިންސާވެރިކަމުގެ ވާހަކަދައްކަންޖެހޭއިރު ގައުމުގައި ހިތްދަތިކަމާ ހިތާމައިގައި ނޫޅޭ އެއްވެސް އާއިލާއެއް ނެތް ކަމަށް ކަމަށާޢި އަނިޔާއާއި ބޭއިންސާފުގެ ހާލަތަށް ގައުމު އައީ ރައްޔިތުންގެ އަޑުނޭހުމުން ކަމަށެވެ. ނުހައްގު އަނިޔާއެއް ނުލިބޭ އާއިލާއެއް މަދުކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއަދު މިއޮތް އަނިޔާވެރިކަން ނިންމާ އިންސާފު ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ މިސްކިތްތަކުގައި ކުރަންހުރި ކަންކަން ވެސް ނުކުރެވި ރައްޔިތުންގެ ޝަކުވާ ބޮޑު ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި އިސްލާމްދީން ހިމާޔަތްކޮށް ދީނުގެ ރީތި އުސޫލުތައް ހިފެހެއްޓުމާއެކު ސައްތައިންސައްތަ މުސްލިމު ގއުމެއްގެ ގޮތުގައި އަޅުގަނޑުމެން ތިބުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.

ފ. އަތޮޅު ބޭރުގެ ބަޔަކަށް ދޫކޮށްލަން މިސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ފައިސަލް ވިދާޅުވީ ފ. އަތޮޅުގެ ރައްޔިތުން ބޭނުން ނުވާ ގޮތަށް އެހެން ބައެއްގެ އަތްމައްޗަށް ފ. އަތޮޅު ދޫކޮށްލުމަށް ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށްޓަކައި ﷲ ހަމުދުކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން