ރަށް ބަދަލުކުރުމުގެ ފުރުޞަތު އޮންނާނީ ހުޅުވާލާފަ - މަޖުބޫރެއް ނުކުރާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ރަށް ބަދަލުކުރުމުގެ ފުރުޞަތު އޮންނާނީ ހުޅުވާލާފަ - މަޖުބޫރެއް ނުކުރާނަން: އިބޫ
ކޯލިޝަނުގެ ވެރިކަމުގައި ދިރިއުޅޭ ރަށް ބަދަލުކުރުމުގެ ފުރުޞަތު އޮންނާނީ ހުޅުވާލާފައި ކަމަށާއި ރަށް ބަދަލުކުރަން އެއްވެސް ރައްޔިތަކަށް މަޖުބޫރު ނުކުރާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ހިރިމަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެރަށުގެ އާބާދީގެ ދެބައިކުޅަ އެއްބައިހައި ބައަކު އެހެން ރަށަކަށް ބަދަލުވާން އެދިފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ދިރިއުޅޭ ރަށް ބަދަލުކުރަން ބޭނުން ކޮންމެ ރައްޔިތަކަށްވެސް އެކަމުގެ ފުރުޞަތު ދެއްވާނެ ކަމަށެވެ. އަދި އެކަމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ކުރަން ބޭނުންވެގެން ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

ހިރިމަރަދޫ އަކީ ދިރިއުޅެން ދަތިތައް ހުރި ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ހުރި ދަތިތަކާއިއެކުވެސް ރަށުގައި ދިރިއުޅެން ބޭނުން ކޮންމެ މީހަކަށް އެކަމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން