އިސްލާމް ދީނުގަ މަނާ ހުރިހާ ކަމެއް ނުކުރަން ސަރުކާރުން ވަނީ ރައްޔިތުންނަށް އަންގާފަ - ކުރީމާ ފިޔަވަޅު އަޅަނީ ކީއްވެ؟ ފިޔަވަޅު އަޅަން އަޑު އުފުލަނީ ކީއްޔެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އިސްލާމް ދީނުގަ މަނާ ހުރިހާ ކަމެއް ނުކުރަން ސަރުކާރުން ވަނީ ރައްޔިތުންނަށް އަންގާފަ - ކުރީމާ ފިޔަވަޅު އަޅަނީ ކީއްވެ؟ ފިޔަވަޅު އަޅަން އަޑު އުފުލަނީ ކީއްޔެ؟
"ސަރުކާރުން ވަނީ ރާއްޖޭގެ ރިޒޯޓުގައި ބެހެއްޓި ބުދުތައް ނަގަން އަންގާފައެއް ނޫންތަ؟ އެއީ ވަރަށް ރަނގަޅު ފިޔަވަޅެއް! އެކަމަށް އަޅުގަނޑުމެން މަރުހަބާ ކިޔަން!" މިއީ ދީނީ ބައެއް އިލްމުވެރިން ވެސް މިއަދު ވިދާޅުވާ ބަސްފުޅެކެވެ. ބަސްފުޅަކީ ހަމަ ވަރަށް ފުރިހަމަ ވެސް ބަސްފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާމް ދީނުގައި ކުރުން ހަރާމް ކަންކަން ކުރުން މަނާކޮށް ޤާނޫނުތައް ފާސްކޮށްފައެވެ. ސަރުކާރުން ވަނީ އިސްލާމް ދީނުގައި ކުރުން ހަރާމް އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންނަށް އަންގައިފައެވެ.

ރާއްޖެ އިސްލާމްވުމަށްފަހު 900 އަހަރުގެ މާޒީއަކަށްފަހު ރާއްޖޭގައި ގިނަ އަދަދެއްގެ ބުދުތައް ބެހެއްޓުމުން ކަންބޮޑުވާ ރައްޔިތުން މިއަދު ބުނަނީ "ބުދުތައް ނަގަން އެންގުމުން" އެހިސާބުން ސަރުކާރުގެ ޒިންމާ ނިމުނީ ކަމަށްވާނަމަ ޤާނޫނުގައި މަނާކޮށްފައިވާ އަދި އިސްލާމް ދީނުގައި ހަރާމް ކަންކަން ކުރާ މީހުން ހޯދައި އަދަބުދޭން ނުޖެހޭނެ ކަމަށެވެ. އަދި އަދަބު ނުދީގެން ބައަކު ކަންބޮޑުވެގެން އަޑު އުފުލާކަށް ވެސް ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގައި 300 އަށްވުރެ ގިނަ ދީނީ ޢިލްމުވެރިން މިހާރު އެބަތިއްބެވިކަމަށް ބެލެވޭއިރު ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ބޮޑު މުންކަތާތުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރަން ބޭނުންވެގެން އަޑު އުފުލަނީ ކިތައް އިލްމުވެރިން ކަމާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
މިއަދު އޮންލައިން