މެޕްސް ކޮލެޖުން ފިޓްނަސްއާ ގުޅޭ ދެ ކޯހެއް އިއްޔެ ތައާރަފްކޮށް އަދި އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ.
ސެޓްފިކެޓް 3 އިން އެރޮބިކްސް އެންޑް ގްރޫޕް ފިޓްނެސް އިންސްޓްރަކްޓާ ކޯހާއި އެޑްވާންސްޑް ސެޓްފިކެޓްއިން ފިޓްނަސް އިންސްޓްރަކްޓާ އެންޑް ޕާސަނަލް ޓްރެއިނާ ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ އަޒުމް ޓްރެއިނިން އެންޑް ކޮންސަލްޓްންސީއާ ގުޅިގެންނެވެ.
މެޕްސް ކޮލެޖުގެ ވައިސް ރެކްޓާ މެތިއު ސްޓްރީޓް އަދި އަޒުމް ޓްރެއިނިން އެންޑް ކޮންސަލްޓަންސީގެ މެނޭޖިން ޑިރެކްޓާ ޒަމީލާ އަޙްމަދު ވަނީ ކޯސް ކުރިއަގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައިއެވެ.
އެރޮބިކްސް ކޯހުގެ މުއްދަތަކީ ތިން މަހެވެ. އަދި ޕާސަނަލް ޓްރެއިނާ ކޯހުގެ މުއްދަތަކީ ހަ މަސް ދުވައެވެ. މި ދެ ކޯސް ބޮޑަށް އަމާޒުކޮއްފައިވަނީ ވަޒީފާގައި އުޅޭ މީހުންނަށް ކަމަށް ޒަމީލާ ވިދާޅުވިއެވެ. އެގޮތުން ކިޔަވުން ހަމަޖަސްސާފައި ވަނީ ހަވީރުގައި އެވެ.