ވޯޓުގެ ނަތީޖާއަށް ހަދަން އެބުނާ "ކޮންމެވެސް ގޮތެއް" ނިކަން ހަދާބަލަ - ހަމަ އެއްގޮތެއްވެސް ނުހެދޭނެ: ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ވޯޓުގެ ނަތީޖާއަށް ހަދަން އެބުނާ "ކޮންމެވެސް ގޮތެއް" ނިކަން ހަދާބަލަ - ހަމަ އެއްގޮތެއްވެސް ނުހެދޭނެ: ޢަލީ ޒާހިރު
މިއަހަރުގެ ރިޔާސީ ވޯޓުގެ ނަތީޖާއަށް ހަދާނެކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނާ "ކޮންމެވެސް ގޮތެއް" އެއީ އޮންނަ ގޮތެއް ނޫން ކަމަށާއި ހަމަ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު ވިދާޅުވީ ރައްޔިތުން ވޯޓުލީމާ ހަދާނެ "ކޮންމެވެސް ގޮތަކީ ކޮބައިތޯ؟" ވަރަށް ބޮޑަށް ވިސްނެވުމުން ވެސް އެފަދަ ގޮތެއް ވިސްނިވަޑައި ނުގެންނެވި ކަމަށެވެ. ވޯޓުލީމާ އޮންނާނެ ހަމައެކަނި ގޮތަކީ އިންސާފުވެރިކަމާއިއެކު ވޯޓު ގުނައި ވޯޓުގެ ނަތީޖާ ނެރުން ކަމަށެވެ.

ޢަލީ ޒާހިރު ވިދާޅުވީ އިންތިޚާބު ނުބާއްވައިވެސް ފަރުނުޖެއްސޭނެ ކަމަށާއި އިންތިޚާބު ލަސްވެސް ނުކުރެވޭނެ ކަމަށެވެ. "ރާއްޖޭގައި ބާއްވަން އުޅޭ އިންތިޚާބަށް މުޅި ދުނިޔެވެސް އޮތީ ބަލަހައްޓައިގެން. ރައްޔިތުން ވެސް މިތިބީ ބަލަން. ސަރުކާރަށް އޮންނާނެ ހަމައެކަނި ގޮތަކީ ރައްޔިތުންލާ ވޯޓުގެ ނަތީޖާ ޤަބޫލުކުރުން." ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު މިރޭ ވެސް ވިދާޅުވީ ރައްޔިތުން ބޭނުންވެގެން އުޅެނީ އިންޞާފް ކަމަށާއި އިންޞާފުން އެއްވެސް ކަމެއް ކުރުމަކީ ރައީސް ޢަބްދުﷲ ޔާމީން ދެނެވަޑައިގަންނަވާ އަދި ކުރައްވަން ބޭނުންފުޅުވާ ކަމެއްވެސް ނޫން ކަމަށެވެ.
މިއަދު އޮންލައިން