ރާއްޖެއަށް ފައިދާކުރާނެ އިންޤިލާބީ ބޮޑު ބަދަލެއް ތައުލީމީ ނިޒާމަށް ގެންނާނަން: ފައިސަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެއަށް ފައިދާކުރާނެ އިންޤިލާބީ ބޮޑު ބަދަލެއް ތައުލީމީ ނިޒާމަށް ގެންނާނަން: ފައިސަލް

ކޯލިޝަނުގެ ވެރިކަމުގައި ރާއްޖެއަށް ފައިދާކުރާނެ އިންޤިލާބީ ބޮޑު ބަދަލެއް ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެންނާނެ ކަމަށް ރަނިންމޭޓް ފައިސަލް ނަސީމް ވިދާލުވެއްޖެއެވެ.

ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފައިސަލް ވިދާޅުވީ ކޯލިޝަނުގެ ވެރިކަމެއްގައި ކިޔަވަން އެންމެ މޮޅު ދަރިވަރުންނާއި އެހެން ދަރިވަރުން ތަފާތު ނުކުރައްވާނެ ކަމަށެވެ. އިމްތިޙާންތައް ހެދުމުގެ ފުރުޞަތު ވަކި ދަރިވަރުންތަކަކަށް ބަންދު ނުކުރައްވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ދަރިވަރުންނަށް އެދަރިވަރުން އެންމެ ބޮޑަށް ބޭނުންވާ ދާއިރާއަކުން އެހެން ދަރިވަރުންނާއިއެކު ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދޭނެ ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ރަނގަޅު ގޮތުގައި ފެނިގެންދާނެ ކަމަށެވެ.

ފައިސަލް މިމޭރުމުން ވިދާޅުވެފައިވާއިރު ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމާއި ޓީޗަރުންނަށް "އޯވަރލޯޑް" ނުވެ ކިޔަވައިދެވޭނެ މަގު ފަހިކޮށްދިނުމަކީ ކޯލިޝަން ސަރުކާރުގެ ސިޔާސަތު ކަމަށް ވަނީ ހާމަކޮށްފައެވެ.

ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ތަރުޖަމާން މާރިޔާ ވިދާޅުވީ މާލޭގެ ސްކޫލްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުން ސްކޫލްތަކުގެ ޖާގައަށް އެކަށީގެންވާ ވަރަށް ވުރެ ގނަވެފައިވުމުން މާލޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެހެންކަމާއިއެކުވެސް އެ މައްސަލައަށް ހައްލު ހޯދަންވެސް މަސައްކަތްކުރާނެ ކަމަށެވެ.
މިއަދު އޮންލައިން