74 އަހަރުވަންދެން ޚިދުމަތް ކުރުމަކީ އިޚްތިޔާރީ ކަމެއް: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
74 އަހަރުވަންދެން ޚިދުމަތް ކުރުމަކީ އިޚްތިޔާރީ ކަމެއް: ރައީސް ޔާމީން

އުމުރުން 74 އަހަރު ވަންދެން ޚިދުމަތް ކުރުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި އެއީ އިޚްތިޔާރީ ކަމެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޓަޔަރ ކުރާ އުމުރު 74 އަހަރަށް ހަދަން ހުށަހެޅުއްވި ނަމަވެސް އުމުރުން 65 އަހަރުވުމުން ލިބޭ ޚިދުމަތް ލިބެމުންދާނެ ކަމަށާއި އުމުރުން 65 އަހަރު ވުމުން ޚިދުމަތް ކުރުމުން ކުރާ މަސައްކަތުގެ އުޖޫރަ ނުވަތަ މުސާރަ އިތުރަށް ލިބެމުންދާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޤައުމަށް ބޭނުންތެރި ޚިދުމަތްތައް ކުރައްވާ ބޭފުޅުންނަށް މިއީ ވަރަށް މުހިންމު ފުރުޞަތެއް ކަމަށާއި މިފަދަ ބައެއް ބޭފުޅުންގެ ޚިދުމަތް މިހާރުވެސް ކޮންޓްރެކްޓް އުޞޫލުން ބޭނުން ކުރެވެމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިކަމަށް މިއަށްވުރެ ރަނގަޅު ގޮތެއް އިދިކޮޅު ފަރާތްތަކުން ހުށަހަޅައިފިނަމަ އެ ހުށަހެޅުމުގެ ފަހަތުން "ދުވެވަޑައިގަންނަވާނެ" ކަމަށެވެ.
މިއަދު އޮންލައިން