ރީ-ރެޖިސްޓްރޭޝަންގެ މައުލޫމާތު އޮޅުންނާރާނެހެން ސާފުކޮށްދިނުމަށް ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 1މ
ރީ-ރެޖިސްޓްރޭޝަންގެ މައުލޫމާތު އޮޅުންނާރާނެހެން ސާފުކޮށްދިނުމަށް ގޮވާލައިފި
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ކުރި މީހުންގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންނާރާނޭހެން ސާފުކޮށްދިނުމަށް ގުޅިފައިވާ ސިރާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 263،000 މީހުން ތިބިއިރު އޭގެ ތެރެއިން ލައްކައަށްވުރެ ގިނަ މީހުން ރަށުން ބޭރުގައި ވޯޓުލާން ރެޖިސްޓްރީ ކުރި ކަމަށް ބުނުމުން ޤަބޫލުކުރަން ދަތި ކަމަށާއި ރައްޔިތުންނަށް އޮޅުންފިލާނެ ގޮތަކަށް މިކަމުގެ ތަފްސީލު ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާކަމަށެވެ.

"ކިހާ ވަރަކަށްތޯ ރީރެޖިސްޓްރޭޝަން ފޯމު ހުށަހެޅުނީ، ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ހަވާލުކުރި ފޯމުތަކާއި ހަވާލުކުރި މުވައްޒަފުންގެ ތަފްސީލުތައް އެނގެން ބޭނުން. މިނޫނަސް ޑަބަލްވީ ފޯމުތައް ފަދަ މައުލޫމާތުތައް އެނގުމަކީ ހުރިހާ ރައްޔިތުން ވެސް ބޭނުންވާ ކަމެއް. މިމައުލޫމާތުުތައް ރައްޔިތުންނާ ހިއްސާ ކޮށްދިނުމަށް ކޮމިޝަނުގެ ފަރާތުން އެދެން" މާރިޔާ ވިދާޅުވިއެވެ.
މިއަދު އޮންލައިން