ފަސްޓް ލައިން މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބުރު ނިންމައި ދަސްވެނިންނަށް ސެޓްފިކެޓްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފަސްޓް ލައިން މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބުރު ނިންމައި ދަސްވެނިންނަށް ސެޓްފިކެޓްދީފި
ޕޮލިސް އެކަޑަމީއިން އަލަށް ފަރުމާކޮށްގެން ހިންގި ފަސްޓް ލައިން މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބުރު ނިންމި ދަސްވެނިންނަށް ސެޓްފިކެޓް ބެއްސެވުމުގެ ރަސްމިއްޔާތު ބާއްވާފި އެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިން މަލްޓިޕާޕަސް މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކްޓިން ކޮމިޝަންރ އޮފް ޕޮލިސް ޢަބްދުﷲ ވަވާޒް އެވެ.



މިރަސްމިއްޔާތުގްއި ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ދަސްވެނިންނަށް މަރުހަބާދެންނެވިއެވެ. އަދި މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށާއި ދިވެހި މުޖުތަމަޢަށް އަންނަ ބަދަލުތަކާމެދު ވިސްނާ ފިކުރުކޮށް ފުލުހުންގެ ޚިދުމަތް ދިނުމުގައި ފަރުވާތެރިވުމަށް އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ފަސްޓް ލައިން މެނޭޖްމަންޓަކީ ގިން އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ، ރައްޔިތުންނާއި ސީދާ ޚިދުމަތްދެމުންދާ ދާއިރާއަކަށް ވުމުން، ޚިދުމަތް ދިނުމުގައި ހިނިތުންވުމާއި އެކު، ޚިދުމަތްތަކުގައި އެންމެ ފުރިހަމަކޮށް މަސައްކަތްކުރުމަށް އިލްތިމާޡްކުރެއްވިއެވެ.



ފަސްޓް ލައިން މެނޭޖްމަންޓް ކޯހަކީ ޕޮލިސް އެކަޑަމީގައި ބޭއްވިގެންދިޔަ މުޅިން އާ ކޯހެކެވެ. އަދި މި ކޯހަކީ ފުލުހުންގެތެރެއިން ކޯޕްރަލް ގެ މަޤާމުން ސާޖަންޓްގެ މަޤާމަށް ގިންތި ބަދަލުވުމަށް ފުަރިހަމަކުރަންޖެހޭ ކޯހެކެވެ.

މިއަހަރުގެ ޖުލައި އެކަކުން ފެށިހެން އޮގަސްޓް 12އާ ހަަމައަށް ހިންގި މި ކޯހުގައި 28 ފުލުހުން ބައިވެރިވެފައި ވެއެވެ. ކޯހުން ފާސްވެ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 27 ފުލުހުންނެވެ. ކޯހުން ހުރިހާގޮތަކުން އެންމެ ރަނގަޅު ބައިވެރިއަކަށް ހޮވިފައިވަނީ ކޯޕްރަލް އާގިލާ ހާމިދު އެވެ. ހަ ހަފްތާގެ މުއްދަތަށް ހިންގި މި ކޯހުގައި ނުވަ މޮޑިއުލް ކޮޔަވައި ދީފައިވެއެވެ.



ފަސްޓް ލައިން މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބުރު ނިންމި ދަސްވެނިންނަށް ސެޓްފިކެޓް ބެއްސެވުމުގެ ރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޕޮލިސް އެކަޑަމީގެ ޗީފް ސުޕަރއިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީން އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސްރުންނާއި ކޮމިޝަންގެ ބައެއް އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުން ބައުވެރި ވަޑައިގެންނެވިއެވެ.
މިއަދު އޮންލައިން