އަދާލަތު ޕާޓީން ކުރާ ކަންތައްތައް ކަމުނުދާ މެންބަރުންކޮޅެއް ކުއްލިއަކަށް "ކަންބޮޑުވެއްޖެ"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަދާލަތު ޕާޓީން ކުރާ ކަންތައްތައް ކަމުނުދާ މެންބަރުންކޮޅެއް ކުއްލިއަކަށް "ކަންބޮޑުވެއްޖެ"
އަދާލަތު ޕާޓީން މިހާރު ކުރާކަންކަން "ކުއްލިއަކަށް" ކަމުނުދާ އެޕާޓީގެ މެންބަރުންކޮޅެއް "ކަންބޮޑުވެއްޖެ'' އެވެ.

އެމެންބަރުން މިއަދު ޝީ ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަންބޮޑުވާ އެއްކަމެއް ކަމަށް ބުނެފައިވަނީ އެމްޑީޕީ ފިކުރާއެކު އަދާލަތު ޕާޓީން "މިހާރު" ކުރިއަށް ދާތީ ކަމަށެވެ. މިމޭރުމުން ބުނެފައިވާއިރު އަދާލަތު ޕާޓީން އެމްޑީޕީ އާއިއެކު މަސައްކަތްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.

މިކަމާއި ގުޅިގެން އަދާލަތު ޕާޓީގެ އިސް މެންބަރަކު ވިދާޅުވީ ކޯލިޝަނުގައި އަދާލަތު ޕާޓީން ބައިވެރިވެފައިވަނީ އަދާލަތު ޕާޓީގެ ފިކުރުގައި ކަމަށާއި އެހެން ޕާޓީއެއްގެ ފިކުރަށް އަމަލުކުރަން ނޫން ކަމަށެވެ. ކޯލިޝަނުގައި ހިމެނޭ 4 ޕާޓީންވެސް ވެސް ކޯލިޝަނުގައި ބައިވެރިވެފައިވަނީ ހަމަ އެ އުޞޫލުން ކަމަށެވެ.

އިތުރަށް ބުނެފައިވަނީ އަދާލަތު ޕާޓީއަށް އެހީގެ ގޮތުގައި ލިބޭ ފައިސާއަށް "ވާނުވާ" ނުއެނގޭ ކަމަށެވެ. މިކަމާއި ގުޅިގެން އަދާލަތު ޕާޓީގެ އިސް މެންބަރަކު ބުނެފައިވަނީ އަދާލަތު ޕާޓީގެ މެންބަރަކު ހޯދަން ބޭނުންވެގެން އެދޭ އެއްވެސް މައުލޫމާތެއް ސިއްރު ނުކުރާ ކަމަށެވެ. "މާލީ ގޮތުން ވަރަށް ދަތި ޙާލުގަ މިއުޅެނީ ގިނަ ފަހަރު މިއުޅެނީ އޮފީހުގެ ކުލިވެސް ނުދެއްކިގެން. ދެން ކޮންއެއްޗެއްތޯ އަޅުގަނޑުމެންގެ އަތުގައި ސިއްރުކުރަން އޮންނާނީ؟" އޭނާ ސުވާލު ކުރެއްވިއެވެ.

2015 ވަނަ އަހަރުން ފެށިގެން ކުރިއަށް ދާ ގުޅުމަކާއި ގުޅިގެން ރިޔާސީ އިންތިޚާބު ބޯވަތިވެފައިވަނިކޮށް ކުއްލިއަކަށް ބައަކު ކަންބޮޑުވުމުން އުފެދޭ ސުވާލުތައް އެބަހުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. "ޕްރެސް ދެއްވި ބައެއް ބޭފުޅުންނަކީ އަދާލަތު ޕާޓީގެ ޞައްޙަ މެންބަރުން ކަމާއިމެދުވެސް އަޅުގަނޑު ޝައްކުކުރަން." ކަމަށް އަދާލަތު ޕާޓީގެ އިސް މެންބަރަކު ވިދާޅުވިއެވެ.
މިއަދު އޮންލައިން