ގުޅިފައިވާ ކޯލިޝަނުން ކުރާނީ ބަޖެޓުގައި މަޝްރޫއުތައް ޖަހައި ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމުގެ ހުވަފެން ދައްކައިގެން ކުރާ ވެރިކަމެއް ނޫން ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް މިއަދު ވިދާޅުވީ ،3 4 ބަޖެޓުގައި ޖަހައިގެން ކަންކަން ކޮށްދޭނެ ކަމަށް ހުވަފެން ދައްކައިގެން އުޅުމަށްފަހު އެކަމެއް ކޮށްނުދީ ކުއްލިއަކަށް ބަޖެޓުން އުނިކޮށްލުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ. އަދި އެއީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.
"ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން، ޝޯއެއްގެ ގޮތުގަ ބެޖެޓު ފޮތުގަ ޖެހުމަކީ އަޅުގަނޑުމެންގެ ސަރުކާރަކުން ނުކުރާނެ ކަމެއް. ރައްޔިތުންނަށް އޮޅުވާލުމަކީ ކުރާނެ ކަމެއް ނޫން. ރާއްޖެ ހިމެނިފައިވަނީ ގިނަ ރަށްތަކެއްގެ މައްޗަށް. ވީމާ އެއްވެސް ރަށެއް ބާކީވާނެ ގޮތަކަށް ކޯލިޝަނުގެ ސަރުކާރަކުން އެއްވެސް ކަމެއް ނުކުރާނަން."
"އަބަދުވެސް މިއުޅެންޖެހެނީ ކޮންމެވެސް މީހަކު މަރާލައިގެން. ސަލާމަތީ ބާރުތަކުން ފުރިހަމައަށް ޒިންމާދާރު ގޮތުގައި މަސައްކަތްކުރާނަމަ މިއީ މިކަން އޮންނަން ޖެހޭނެ ގޮތް ކަމަށް ރައްޔިތުން ޤަބޫލެއް ނުކުރޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުލުހުންގެ މަސައްކަތަކަށްވާނީ ސިޔާސީ މީހުންގެ ޕޯސްޓަރުތައް ނެއްޓުމެއް ނޫން." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.