ކޮރަޕްޝަނާ އިސްރާފް ނެތްނަމަ ދައުލަތަށް ލިބޭ އާމްދަނީން މިހާރު އޮންނާނީ އަސާސީ ބޭނުންތައް ފުއްދައި ދެވިފަ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކޮރަޕްޝަނާ އިސްރާފް ނެތްނަމަ ދައުލަތަށް ލިބޭ އާމްދަނީން މިހާރު އޮންނާނީ އަސާސީ ބޭނުންތައް ފުއްދައި ދެވިފަ: ފައިޞަލް
ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަނާއި އިސްރާފް ނެތްނަމަ ދައުލަތަށް ލިބޭ އާމްދަނީން އެކަނިވެސް މިހާރު އޮންނާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދީ ނިމިފައިކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިއަދު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ އޯގާތެރިކަމާއި ތެދުވެރިކަން ކުރިއަށް ނެރެގެން ކަމަށާއި ނޫންނަމަ އަބަދުވެސް ދާނީ ރައްޔިތުން ނިކަމެތިވަމުން ކަމަށެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ވެސް ނުފުދި އަދި ދަރަނިވެރިވެފައި ރައްޔިތުންނަށް ތިބެންޖެހިފައި މިއަދު މިވަނީ ސަރުކާރުގެ އިޚްލާޞްތެރިކަމެއް ނެތުމުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ސަރުކާރުން ދައްކާ ބިރަށް ނުބަލައި ގިނަ ބައަކު މިހާރުވެސް އަންނަނީ "ބިރު ފަހަނައަޅައި ކުރިއަށް ނުކުމެ" ކޯލިޝަނާއި ގުޅެމުން ކަމަށެވެ. "އެއީ ވަރަށް ރަނގަޅު ފާލެއް. އެކަމުން އަންގައިދެނީ ކޯލިޝަނުން މިކުރާ މަސައްކަތްތައް ރައްޔިތުން ވަރަށް ފުރިހަމައަށް ބަލައިގަންނަކަން. އަޅުގަނޑުމެން ކުރަމުން މިއަންނަނީ ޤައުމީ މަސައްކަތެއް. އެކަން ރައްޔިތުން ބަލައިގަންނަކަން އެނގެމުން މިއަންނަނީ."
ފައިޞަލް ވިދާޅުވީ ސިޔާސީ ފިއްތުންތަކަށް ރައްޔިތުން ބޯނުލަނބާނެ ކަމަށާއި އެމީހަކަށް ލިބެންޖެހޭ ހައްޤު މިންވަރު ކޮންމެ ރައްޔިތަކަށްވެސް އެނގޭއިރު އެ މިންވަރު ހޯދަން ކެރިގެން ކުރިމަތިލާނެ ކަމަށެވެ.
މިއަދު އޮންލައިން