މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރުނީ ފެނަކަ ބްރާންޗަށް ވަޒީފާ ބަދަލުކޮށް މިއަދު ޗިޓު ފޮނުވާފައިވަނީ ހިންނަވަރު ބްރާންޗްގެ ލޭބަރެއްގެ މަގާމުގައި ހުރި އެރަށު ކޯޅިގެ އިބްރާހިމް ޔޫސުފް އަށެވެ. އޭނާއަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ބުރުނީ ބްރާންޗަށް ކަމަށެވެ.
ޅ. ހިންނަވަރަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙުގެ އުފަން ރަށް ވެސް މެއެވެ.
ފައިސަލް ނަސީމް ހިންނަވަރަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބައެއް ޕީޕީއެމް ގެ މީހުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ފައިސަލް ނަސީމް ވަނީ އެރަށުގައި ހުރި ޕީޕީއެމް ގެ ޖަގަހައަށް ވެސް ޒިޔާރަތް ކޮށްފައެވެ.