ޓެކްސީ ބޯޑަށް ނަގާ 50،000 ރުފިޔާ ނެގުން ހުއްޓާލާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޓެކްސީ ބޯޑަށް ނަގާ 50،000 ރުފިޔާ ނެގުން ހުއްޓާލާނަން: އިބޫ
ޓެކްސީ ބޯޑެއް ދޫކުރުމަށް ސަރުކާރުން ނަގަމުން އަންނަ 50،000 ރުފިޔާ ނެގުން ހުއްޓަވައިލައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިކަން އިއުލާނު ކުރެއްވީ ގުޅިފައިވާ ކޯލިޝަނުން މިރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައެވެ.

އިބޫ ވިދާޅުވީ ޓެކްސީ އެއް، ދުއްވަން ބޭނުންވި ނަމަވެސް މިހާރު ޖެހެނީ ކާރު ގަންނަ އަގުގެ އިތުރުން 50،000 ރުފިޔާ ސަރުކާރަށް ދައްކައިގެން ބޯޑެއް ހޯދަން ކަމަށާއި ކޯލިޝަނުގެ ސަރުކާރެއްގައި ބޯޑު ދޫކުރާނީ އެކަމަށް އެއްވެސް އަގެއް ނުނަގައި ކަމަށެވެ.

އިބޫ ވިދާޅުވީ މާލޭގެ އިތުރުން ކުޅުދުއްފުށި ފަދަ ރަށްރަށުގައި ޓެކްސީ ކުރާ ފަރާތްތަކަށްވެސް ޓެކްސީ ބޯޑެއް ލިބެނީ 50،000 ރުފިޔާ ދެއްކުމުން ކަމަށްވާތީ އެއީ ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންކަމުން އެތަކްލީފް އެކުގައި ނައްތަވައިލަދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޚިދުމަތް ދޭނެ ޚާއްޞަ ބޭންކެއް ހުޅުއްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން