ކުޅުދުއްފުށްޓަކީ ސިޓީއަކަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުޅުދުއްފުށްޓަކީ ސިޓީއަކަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ: އިބޫ
ހދ. ކުޅުދުއްފުށްޓަކީ ވެސް ސިޓީއެއްގެ ގޮތުގައި ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިކަން އިއުލާނު ކުރެއްވެވީ ގުޅިފައިވާ ކޯލިޝަނުން މިރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައެވެ.

އިބޫ ވިދާޅުވީ ކުޅުދުއްފުށްޓަކީ އުންމީދުތަކެއް ކުރެވުނު ރަށެއް ކަމަށެވެ. ރަށް ތަރައްޤީ ކުރުމުގެ ގޮތުން މަގުތައް ހަދަން ފެށުނު ކަމަށާއި 160 ރޯ ހައުސްވެސް އެޅި ކަމަށެވެ. އިތުރަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދޭން ރާވާފައި އޮތް ކަމަށާއި ނަމަވެސް އެއިރު އޮތް އެމްޑީޕީގެ ވެރިކަން ކުރު މުއްދަތެއްގައި ނިމުމުން އެއްވެސް ކަމެއް ފުރިހަމަ ނުކުރެވުނީ ކަމަށެވެ.

އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރު ހިންގަން ފެށުމާއިއެކު ކުޅުދުއްފުށީގައި އިތުރު މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އެއިގެ ތެރޭގައި ކުޅުދުއްފުށީ ޕޯޓަކީ ބައިނަލްއަޤްވާމީ ޕޯޓަކަށް ތަަރައްޤީ ކުރައްވާނެ ކަމަށެވެ. ހަމައެއާއިއެކު ކުޅުދުއްފުށްޓަކީ މިހާރުވެސް ގިނަ ބައަކު ޒިޔާރަތްކުރާ ރަށަކަށްވެފައި މުދާ ގެންދާ ރަށަކަށްވާތީ އެކަންކަމަށް މަގުފަހިކުރެވޭނެ ވަސީލަތްތައްވެސް ބަނދަރުގައި ތަރައްޤީ ކުރައްވާނެ ކަމަށެވެ. "އަދި ހިއްކާފައިވާ ބިމުގަ ވިޔަފާރި ބަނދަރެއްވެސް ތަރައްޤީކުރާނަން."

ބަނދަރު ބައިނަލްއަޤްވާމީ ކުރުމަށްފަހު ބަނދަރަށް ވިޔަފާރިވެރިންގެ އެއްބާރުލުން ހޯދުމުގެ ގޮތުން ބަނދަރަށް ގެންނަ މުދަލުން ނަގާ ޓެކްސް އާއި ޑިޔުޓީއަށް ލުއި ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން