ކޮންމެ ފަދަ ނުބައި އަމަލެއް ކުރުމަށްފަހުވެސް އެއީ އިސްލާމް ދީނަށް ނަޞްރު ދިނުން ކަމަށް ބުނުމަކީ ކިހާ ހެއްވާ ކަމެއް؟: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކޮންމެ ފަދަ ނުބައި އަމަލެއް ކުރުމަށްފަހުވެސް އެއީ އިސްލާމް ދީނަށް ނަޞްރު ދިނުން ކަމަށް ބުނުމަކީ ކިހާ ހެއްވާ ކަމެއް؟: ޝައިޚް ޢަލީ ޒައިދު
ކޮންމެ ފަދަ ނުބައި އަމަލެއް ކުރުމަށްފަހުވެސް އެއީ އިސްލާމް ދީނަށް ނަޞްރު ދިނުން ކަމަށް ބުނުމަކީ ކިހާ ހެއްވާ ކަމެއް؟ ކަމާއިމެދު ޝައިޚް ޢަލީ ޒައިދު ސުވާލު އުފައްދަވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު މިފަދައިން ސުވާލުކުރައްވާފައިވާއިރު ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި މުންކަރާތްތަކުގެ ގޮތުގައި ހުރި ކަންކަން ކުރުމަށްފަހު، ކަނޑައެޅި ބަޔާންވެގެންވާ ޙަރާމް ކަންކަން ކުރުމަށްފަހު އެއީ އިސްލާމް ދީނަށް ނަޞްރު ދިނުން ކަމަށް ބުނުމަކީ މުންކަރާތްތަކަށް އަރައިގަތުމަށް ހިއްވަރު ދިނުން ކަމަށެވެ.

ޝައިޚް ޢަލީ ޒައިދުގެ ޓްވީޓް:

"ދުލުކުރިން ފޮނި ވާހަކަދައްކައިގެން ދީނީ މީހުން ރުއްސުން؟ އަޖައިބެއް ނޫންތޯ؟ އުޅޭނެހައި ގޮތަކަށް އުޅެފައި، އެއީ އިސްލާމް ދީން ކަމަށް ވަންޏާ ދެން ކީކޭ މީހަކު ބުނާނީ؟ ކޮންމެ ފަދަ ނުބައި އަމަލެއް ހިންގައިފަވެސް ބުނާނެ މީ އިސްލާމް ދީނަށް ނަޞްރު ދެނީއޭ. މިއީ ކިހާ ހެއްވާ ކަމެއް؟"


މިއަދު އޮންލައިން