ދޯންޏެއް ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ

ކިޔުމަށް ހޭދަވާނީ 56ސ
ދޯންޏެއް ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ
މާލެ އަތޮޅު ބިޔާދޫ އައިލެންޑް ރިސޯޓުގެ ހުޅަނގުގައި އޮތް ފަރަކަށް "ރޯދި" ނަމަކަށް ކިޔާ ދޯންޏެއް އަރައި، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެދޯނީގައި ތިން ތިން މީހަކު އެމްއެންޑީއެފް ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ރޭ ފަތިހު 4:15 ހާއިރު ވަނީ މާލެ ގެނެސްފައެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ މެންދަމު 1:38 ހާއިރު ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ ލޯންޗަކަށް އެސަރަޙައްދަށް ދެވުން އިރު އަޑިއަށް ދިޔަ ދޯނީގައި ތިބި ތިން މީހުން ސަލާމަތްތެރިކަމާއެކު ބިޔާދޫ އައިލެންޑް ރިސޯޓުގެ ދޯންޏެއްގައި އެރިސޯޓަށް ގެންގޮސްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

"ރޯދި" ދޯންޏަކީ ފާނަ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްކަމަށް އެދޯނީގެ ވެރި ފަރާތުން މައުލޫމާތު ދީފައިވެއެވެ.

އެދޯނި އަޑިއަށް ގޮސްފައިވުމުން، ދޯނިން އޮޔާދާ ތަކެއްޗާމެދު ރައްކާތެރިވުމަށް އެސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފައިވެއެވެ.
މިއަދު އޮންލައިން