ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ- މެޓް އޮފީސް

ކިޔުމަށް ހޭދަވާނީ 42ސ
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ- މެޓް އޮފީސް
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މިސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރަގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށް ކަމަށާއި އެރަށަށް 65 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުޅަނގު ދެކުނާއި ހުލަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުގެ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި، ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށެވެ.
މިއަދު އޮންލައިން