ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 25ސ
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފި
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން، ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅާއި ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްރަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 11:30 އިން ހަވީރު 17:30 އާއި ހަމައަށެވެ.
މިއަދު އޮންލައިން