ޖަލްސާ އިންތިޒާމް ކުރާނެ ވަގުތު އޮއްވާ ހުއްދަ ހޯދައި ދިނުމަށް ސަލާމަތީ ބާރުތަކުގެ ކިބައިން މާރިޔާ އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޖަލްސާ އިންތިޒާމް ކުރާނެ ވަގުތު އޮއްވާ ހުއްދަ ހޯދައި ދިނުމަށް ސަލާމަތީ ބާރުތަކުގެ ކިބައިން މާރިޔާ އެދިވަޑައިގެންފި

އެމްޑީޕީން ބާއްވަން މަސައްކަތްކުރާ ޢާންމު ޖަލްސާ އިންތިޒާމް ކުރާނެ ވަގުތު އޮއްވައި ޖަލްސާ ބޭއްވުމުގެ ހުއްދަ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުން ހޯދައި ދިނުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ކިބައިން މާރިޔާ އެދިވަޑައިގެންފިއެވެ.

މާރިޔާ ވިދާޅުވީ ކެންޕޭނު ކުރަން ހަމަހަމަ ފުރުޞަތުތައް ދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބް ވަނީ އަންގަވާފައި ކަމަށެވެ. އަދި އޭސީޕީ ޢަބްދުﷲ މަވާޒް އާއި ޗީފް އޮފް ސްޓާފް އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ އެބޭފުޅުން ތަބައަވެވަޑައިގަންނަވާނީ ދައުލަތުގެ ބަންޑާރަ ނައިބުގެ އަމުރުފުޅުތަކަށް ކަމަށްވާއިރު އެ ވައުދާއި އެއްގޮތަށް އެމްޑީޕީއަށް ވެސް ޖަލްސާ ބޭއްވުމުގެ ފުރުޞަތު ހޯދައި ދިނުމަށް ސަލާމަތީ ބާރުތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ޖަލްސާ ބާއްވަން އެދި ހުށަހަޅާ ދުވަހުގެ ކުރީ ދުވަހު ދައުލަތުގެ މުއައްސަސާތައްވެސް ބަންދުކުރާފަހުން ހުއްދަ ދީފިން ކަަމަށް ބުނެ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރުވައިލުމަކީ ޖަލްސާ ބޭއްވޭނެ ގޮތެއް ނޫން ކަމަށެވެ. ޖަލްސާއެއް ބޭއްވޭނީ އެކަމަށް އެކަށީގެންވާ މުއްދަތެއް އޮއްވައި ތަނެއް ހަމަޖައްސައިދީ ހުއްދަ ދިނުމުން ކަމަށެވެ.
ދައުލަތުގެ ބަންޑާރަ ނައިބް އަންގަވާފައިވާ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން މިކަމުގައި އަމަލުކޮށްދިނުމަށް ވެސް މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން