ރާއްޖޭގަ ބުދު ބަހައްޓަން ހުއްދަ ދިނީ އިސްލާމް ދީނާ އަދި ރާއްޖޭގެ ޤާނޫނާ ޚިލާފަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރާއްޖޭގަ ބުދު ބަހައްޓަން ހުއްދަ ދިނީ އިސްލާމް ދީނާ އަދި ރާއްޖޭގެ ޤާނޫނާ ޚިލާފަށް!

ރާއްޖޭގެ ޤާނޫނު އަސާސީ ބުނަނީ އިސްލާމް ދީނާ ތަޢާރަޒްވާ އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ކަމަށްވާއިރު ރާއްޖޭގައި ބުދު ބަހައްޓަން ހުއްދަ ދިނީ ކޮން ޤާނޫނެއްގެދަށުންކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ރިޒޯޓުގައި 30 އަށްވުރެ ގިނަ ބުދު ބަހައްޓާފައިވަނީ ސަރުކާރުން ހުއްދަ ދީގެން ނޫން ކަމަށެވެ.

ޒަމީރުގެ މިވާހަކަފުޅާއި ގުޅިގެން ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ހުއްދަ ނުނަގައި އެހައި ބޮޑު މުންކަރާތެއް ހިންގުމުން އެކަމާއި ދެކޮޅަށް ސަރުކާރުން އެޅި އެއްވެސް ފިޔަވަޅެއް މިއަދާއި ހަމައަށް ވެސް ހާމަކޮށްފައި ނެތުމުންނެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ބުދުތައް ނަގަން ސަރުކާރުން އެންގިކަމަށް ބުނެ ސަރުާކާރުން މައުލޫމާތު ހާމަކުރިތާ އެތައް ދުވަހެއް ފާއިތުވަމުންދާއިރުވެސް ހަމަ އެންމެ ބުދެއް ވެސް ނަގާފައިވާކަން އެނގެން ނެގުމުންނެވެ.

ރާއްޖެ އިސްލާމްވި ފަހުން ފާއިތުވި 900 އަހަރުގެ ތެރޭގައި މިހައި މިހައި ބޮޑެތި ބުދުތައް ރާއްޖޭގައި ބަހައްޓާފައިނުވާކަން ވެސް ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.

ފުލުހުންގެ ބޮޑު ފައުޖެއް ގޮސް މާލޭގައި ހުންނަ ސަރުކާރުގެ ކޮށްޓެއްގައި ބިދޭސީންގެ ބައަކު ގެންގުޅުނު ކުޑަކުޑަ ބުދެއް ވަނީ ނަގައިފައެވެ. ރާއްޖޭގެ އެއްވެސް ތަނެއްގައި ބުދު ބެހެއްޓުމަކީ ޤާނޫނުގައި މަނާ ކަމެކެވެ. އެހެންކަމަށްވާއިރު މިހައި ބޮޑެތި ބުދުތަކެއް ބެހެއްޓުމުންވެސް ސަލާމަތީ ބާރުތަކުން އަޅައި ނުލާތީވެސް ގިނަ ބައަކު ދަނީ ކަންބޮޑުުވުން އުފައްދަމުންނެވެ.
މިއަދު އޮންލައިން