ވިޔަފާރިތައް ކުރިއަރުވަން ރަށްތައް ގުޅާލާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ވިޔަފާރިތައް ކުރިއަރުވަން ރަށްތައް ގުޅާލާނަން: އިބޫ

ވިޔަފާރި ކުރިއެރުވޭނީ އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށަށް ގެންގޮސް ވިއްކޭނެ އިންތިޒާމެއް ހަމަޖައްސައިގެން ކަމަށާއި ރާއްޖޭގެ ރަށްރަށުގައި އުފައްދާ ތަކެތި ވިއްކުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރައްވައި ރައްތައް ގުޅުއްވައިލައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މެންދުރު ހދ. ފިނޭގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ތަރުކާރީ ފަދަ ބާއްވަތްތައް ގިނައިން އުފައްދާ ރަށްތަކަށް ބަލައިފިނަމަ ގިނައިން އުފައްދަނީ ބިން ބޮޑު އެހެން ނަމަވެސް މީސްކޮޅު ވަރަށް މަދު ފިނޭ ފަދަ ރަށްރަށުގައި ކަމަށެވެ. އެހެންކަމުން އުފައްދާ ތަކެތި ހަލާކު ނުވަނީސް ވިއްކޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ދަތރުުފަތުރުކުރުމުގެ ނިޒާމު މިހާރު އޮންނަ ގޮތުން ވިޔަފާރީގެ ބޭނުންތަކަށާއި ޞިއްޙީ ޚިދުމަތްތައް ލިބިގަތުމަށް ފިނޭގެ ރައްޔިތުން ވެސް އެންމެ ގިނައިން ދާންޖެހޭ ރަށަކީ ކުޅުދުއްފުށި ކަމަށާއި ފިނޭ އިން ކުޅުދުއްފުށްޓަށް ދިއުމަށް މިހާރު 3 ގަޑިއިރު ވަރު ހޭދަކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ދަތުރުފަތުރުކުރުމުގެ ނިޒާމަށް ބަދަލު ގެންނަވައި އެއަށްވުރެ އަވަސްކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ފިނޭ އަކީ މީސްކޮޅު މަދު ރަށެއް ނަމަވެސް ރަށެއް ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބޭކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.
ފިނޭގައިވެސް އިބޫ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަވާނެ އެއްކަމަކީ ހުރިހާ ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވުން ކަމަށެވެ. ހަމަ އެންމެ ރައްޔިތަކަށްވެސް އަނިޔާއެއް ނުލިބޭކަން ކަށަވަރުކުރެއްވުން ކަމަށެވެ.
މިއަދު އޮންލައިން