ބަނޑިދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކިޔުމަށް ހޭދަވާނީ 58ސ
ބަނޑިދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ދ. ބަނޑިދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި އެރަށަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ބަނޑިދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށަށް މިއަދު ނަގޫރޯޅި އެރުމުގެ ސަބަބުން ސްކޫލްގެ ބޮޑު ހޯލާއި ދެ ގެއަކާއި ކެފޭއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ފުރާޅު އެއްލާލި ގެއެއްގެ ތިން ކޮޓަރިއަކަށް، ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.



ނަމަވެސް އެއްވެސް މީހަކަށް މިހާދިސާގެ ސަބަބުން އަނިޔާއެއްވެފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

"އެއް ގެއެއްގެ ދެ ކޮޓަރި، އަނެއް ގެއެއްގެ އެއް ކޮޓަރީގެ ފުރާޅު އެއްކޮށް އެއްލާލައި ސީލިންގު ވެސް ނެއްޓި ގެއްލުން ލިބިފައިވަނީ. ކޮޓަރީގައި ހުރި ސާމާނުތަކާއެކު ކޮޓަރި ވެސް ބޭނުން ނުކުރެވޭވަރު ވެފައިވޭ" ބަނޑިދޫ ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅަކު މައުލޫމާތު ދެއްވާފައިވެއެވެ.



މިހާދިސާގައި އެރަށުގެ ބައެއް ރުއްގަސް ވެސް ވެއްޓިފައިވެއެވެ.

ބަނޑިދޫ ކައުންސިލުން މިހާރު ގެންދަނީ އެރަށަށް ލިބިފައި ހުރި ގެއްލުންތައް ބަލައި ނެޗަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްސީ) އާއި ހިއްސާ ކުރަމުންނެވެ.

މިއަދު އޮންލައިން