ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންފައިވަނީ ހދ. ހަނިމާދޫއަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ޘަޤާފީ ހަރަކާތްތަކާއިއެކު ހޫނު މަރުހަބާއެއް ދަންނަވައި ފަރިވަޅެއްވެސް އަރުވައިފައެވެ.
ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ އަތޮޅުގެ ހުރިހާ ރަށަކުންވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާތީ އެކަމަށްޓަކައި ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިބޫ އެނބުރި މާލެވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. މާލެ ވަޑައިގަތުމަށްފަހު އެހެން ރަށްތަކަށް ދަތުރުފުޅު ފަށްޓަވާނެއެވެ.