ހައްޖުމަހުގެ މާތްކަމަށްޓަކައިވެސް ހަޑިހުތުރު، ދޮގު ވާހަކަތައް ނުދެއްކުމަށް ޝައިޚް ޢަލީ ޒާހިރު އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހައްޖުމަހުގެ މާތްކަމަށްޓަކައިވެސް ހަޑިހުތުރު، ދޮގު ވާހަކަތައް ނުދެއްކުމަށް ޝައިޚް ޢަލީ ޒާހިރު އިލްތިމާސްކުރައްވައިފި
"ސަލަފުއްޞާލިހުން ޙައްޖު މަހަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ! އެހެންކަމުން ވަކިން ޚާއްޞަކޮށް މިމަހުގަ ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާ ދޮގު ވާހަކަތައް ދެއްކުން ފަދަ ކަންކަމުން ދުރުވެގަންނަން ޖެހޭ." ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމާއިބެހޭ ގޮތުންވެސް ދަނީ ވަރަށް ގިނަ ދޮގު ވާހަކަތައް ދައްކަމުންކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

އެގޮތުން ރާއްޖެ އިސްލާމްވީ ފަހުން މިއަދާއި ހަމައަށް ފާއިތުވި 900 ވަރަކަށް އަހަރު ބުދު ބެހެއްޓުމުން ސަލާމަތްވެފައި އޮތް، ބުދެއް ބަހައްޓައިފިނަމަ ރައްޔިތުން ނުކުމެ ތަލާލަމުންދިއަ، ފުލުހުން ގޮސް ބުދު ނަގަމުންދިއަ ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގައި ބޮޑެތި ބުދުތައް ބެހެއްޓުމަށްފަހު ސަރުކާރުން ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރާނެ ކަމަށް ބުނާ ބުނުން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.


މިއަދު އޮންލައިން