މިއަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ އޭގެ އަސްލު ވީޑިއޯގައި، ވޯޓުލުމުގެ މުހިންމުކަމާއި އެމީހުން ވޯޓުލާނެ ސަބަބުތައް ކަމަށް ބުނެ، ވިއްސަކަ ޒުވާނުން ވާހަކަ ދައްކާފައިވެއެވެ. އަދި ވޯޓުލާނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙަށް ކަމަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވޯޓު ނުލާނެ ކަމަށް ވެސް އެޒުވާނުން ބުނެފައިވެއެވެ.
ނަމަވެސް އެމްޕީ ޔާމިން ރަޝީދު ޓްވީޓު ކުރެއްވީ އިބޫއަށް ވޯޓު ނުލާނެ ކަމަށް އެޒުވާނުން ބުނެފައިވާކަން ފެންނަ ގޮތަށް އެވީޑިއޯ އެޑިޓު ކޮށްފައެވެ. މެންބަރު ޔާމީނު ކުރެއްވި ޓްވީޓު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލުވެސް ރީޓްވީޓް ކުރައްވާފައިވެއެވެ.
އެމްޕީ ޔާމީންގެ ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު މިފަދަ ވީޑިއޯއެއް އާއްމު ކުރެއްވުމުންނެވެ. އެވީޑިއޯގެ ޒަރީޢާއިން މީހުންގެ ޝަޚުސު ކަތިލާފައިވާ ކަމަށާއި މެންބަރު ޔާމީނާއިމެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މިވީޑިއޯއާއި ގުޅިގެން ވެލިދޫ ދާއިރާގެ މެންބަރަށް ފާޑުކީ މީހުންގެ ތެރޭގައި، އެވީޑިއޯގައި ހިމެނޭ ބައެއް މީހުންވެސް ހިމެނެއެވެ.
IbuSolih ah Vote eh Nulaanan! #NoToIbuFaisalpic.twitter.com/9BPHUcVRyG
— Yamin Rasheed (@YaminRasheed) August 14, 2018