އެމްޓީސީސީގެ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި ‍‍- އެއް ކޮޓަރީގެ ފްލެޓް އަށް ލައްކަ ރުފިޔާ އަށް.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެމްޓީސީސީގެ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި ‍‍- އެއް ކޮޓަރީގެ ފްލެޓް އަށް ލައްކަ ރުފިޔާ އަށް.
އެމްޓީސީސީން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްޓީސީސީ ހިޔާ މަޝްރޫއު" އިފްތިތާހު ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާން ކުރި ގޮތުގައި އެއް ކޮޓަރީގެ ފްލެޓް، ހަތް ލައްކަ ނުވަތަ އަށް ލައްކަ ރުފިޔާ އަށް ވިއްކާއިރު، ދެ ކޮޓަރީގެ ފްލެޓް ވިއްކުމަށް ނިންމާފައިވަނީ 1.2 މިލިޔަން ރުފިޔާ އާއި 1.3 މިލިޔަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. މީގެއިތުރުން ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ފްލެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1.4 މިލިޔަން ރުފިޔާ އާއި 1.7 މިލިޔަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.



އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ރެއަލް ސްޓޭޓްގެ ބާޒާރުގައި މިއީ 50 ޕަސެންޓް ހެޔޮ އަގެއްކަމަށާއި މި ފްލެޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ވެސް މުވައްޒަފުންނަށް 24 މަހަށް ބަހާލައިގެން ދެއްކޭނެކަމަށެވެ.



މި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.



ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީން 14 ބުރީގެ ދެ ޓަވަރު ތަރައްގީ ކުރެ އެވެ. އެ ދެ ޓަވަރުގައި، އެއް ކޮޓަރީގެ 160 ފްލެޓާއި، ދެ ކޮޓަރީގެ 80 ފްލެޓްގެ އިތުރުން ދެ ކޮޓަރި އާއި މެއިޑްރޫމް ހިމެނޭ ގޮތަށް 160 ފްލެޓް އެޅުމަށް ވަނީ ނިންމައިފަ އެވެ.
މިއަދު އޮންލައިން