އިންތިހާބާއިގުޅޭޝަކުވާތަކާއި ގުޅިގެން އީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް އެދިއްޖެ

ކިޔުމަށް ހޭދަވާނީ 53ސ
އިންތިހާބާއިގުޅޭޝަކުވާތަކާއި ގުޅިގެން އީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް އެދިއްޖެ
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކަންކަމާއި ގުލޭގޮތުން އުފެދިފައި ހުރި ޝަކުވާތަކާއި ގުޅިގެން، ރައްޔިތުންގެ މިޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ދިނުމަށް އިދިކޮޅު ފަރާތްތަކުން އެދިއްޖެއެވެ.

އެކޮމިޓީގައި އެފަދައިން އެދިވަޑައިގަތީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އެކޮމިޓީގެ މުގައްރިރު އަދި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމަށް އިންތި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ވަކި ޕާޓީއަކަށް މަންފާ ލިބޭ ގޮތަށް ޢަމަލު ކުރަމުން ގެންދިޔުމާއި އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކަށް ވެސް ހުރަސް އަޅަމުންދާ ކަމަށެވެ.

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ އެކޮމެޓީއަށް އީސީގެ މެންބަރުން ހާޒިރުކޮށްދޭން އެދުނުއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބުގައި ސުވާލު އުފެދޭ ކަންތައްތައް ހުރިކަމަށް ބުނެ އެތައް ތުހުމަތުތަކެއް ވެސް އަމާޒު ކުރަމުންނެވެ.

މިއަދު އޮންލައިން