ނިލަންދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 27ސ
ނިލަންދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
ފ. ނިލަންދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި، ނިލަންދޫގައި ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:07 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވާކަން އެނގުނީ، ވަޒީފާއަށް މުދިޔުމުން ވީކީއްތޯ ބެލުމަށް ގޮސް ބެލިއިރުއެވެ. އޭނާ މަރުވެފައި އޮތީ އޭނާ ނިދާތަނުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން