ހަނިމާދޫ ޖެޓީގައި އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެ

ކިޔުމަށް ހޭދަވާނީ 39ސ
ހަނިމާދޫ ޖެޓީގައި އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެ
ހދ. ހަނިމާދޫ އެއާޕޯޓު ޖެޓީ ސަރަޙައްދުގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި "ކިރުނަ" ނަމަކަށް ކިޔާ އެލޯންޗު އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:51 ހާއިރުއެވެ.

ލޯންޗު އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުމާއެކު އެސަރަޙައްދުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފެށިކަމަށާއި ހަނިމާދޫ އެއާޕޯޓުގެ ބައެއް މުވައްޒަފުންގެ އެހީގައި ލޯންޗު ނެގުނީ މެންދުރުފަހު 14:30 ގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި އެލޯންޗު އަޑިއަށް ގޮސްފައިވަނީ ކަނޑުގަދަވުމުގެ ސަބަބުން ލޯންޗު ދިޔަވެގެންނެވެ. ލޯންޗު އަޑިއަށް ދިޔައިރު އޭގައި އެއްވެސް މީހަކު ނެތްކަން ވެސް އެމްއެންޑީއެފް އިން ފާހަގަ ކޮށްފައިވެއެވެ.
މިއަދު އޮންލައިން