ވިލިނގިލި މެންބަރު ސައުދު ޙުސައިން މިއަދު ވިދާޅުވީ ކޫއްޑޫގައި ސައްކަތް ކުރާ ވިލިނގިލި މުވައްޒިފުން ލައްވައި ރީރޖިސްޓްރީ ކުރަން ފޯމު ފުރުވާފައިވަނީ ބިރުދައްކައި މަޖުބޫރު ކުރުވައިގެން ކަމަށް ބައެއް މުވައްޒިފުން ބުނެފައިވާ ކަމަށެވެ. އަދި ފޯމް ފުރުވުމަށްފަހު މެލޭސިޔާގައާއި ސްރީލަންކާގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަމުން ގެންދާކަން މިހާރުވެސް ވަނީ ހާމަވެފައި ކަމަށެވެ.
ސައުދު ވިދާޅުވީ ވަޒީފާ އަދާނުކޮށް ގޭގައި ތިބޭ ބައެއް އަންހެނުންނަށްވެސް މިފަދަ މައްސަލަތައް އަންނަނީ ފެންމަތިވަމުން ކަމަށާއި ރީރަޖިސްޓްރީ ކުރަން ފޯމު ނުވެސްފުރާ މީހުން ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ސައުދު ވަނީ މިގޮތަށް ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓަރ ކޮށްފައިވާ 2 މީހެއްގެ މައުލޫމާތުވެސް ހާމަކުރައްވައިފައެވެ.
YAG ge campaign agent mifco CEO magaam ga hure mifco muvazzafunge Vote elhumuge haggu nigulhaigannamun midhany, olhuvaalaigen eki gaumu thakah voters registry badhalu kohggen! mi jareemaaga baiverivaa faraithakai qaanoon araa hama kuraane! InSha Allah @ElectionsMv @PoliceMv pic.twitter.com/YNcCldISgX
— Saud Hussain MP (@SaudVillingili) August 15, 2018