އަމާނާ ތަކަފުލް (މޯލްޑިވްސް) ޕީ.އެލް.ސީ އިން 2018 ވަނައަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ވިޔަފާރީގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމައިފިއެވެ.
2018 ވަނަ އަހަރުގެ ޖުލައި 31 ވަނަދުވަހާއި ހަމައަށް ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 9.7 މިލިއަން ދިވެހިރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހާއި އަޅާބަލާއިރު 2 ގެ ކުރިއެރުމެކެވެ. އަދި، ހަމައެއާއެކު މައިގަނޑު (ތަކަފުލް) ކްލާސްތަކުން ލިބިނު ކުރިއެރުމާއެކު ކުންފުނީގެ ގްރޮސް ރިޓްން ޕްރީމިއަމް (ޖުމްލަ އާމްދަނީ) ގެގޮތުގައި92 މިލިއަން ދިވެހިރުފިޔާ ލިބިފައެވެ. މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެކެވެ.
މިހިނގާ 2018 ވަނަ އަހަރު އެކިއެކި ހާދިސާތަކުގައި ގެއްލުންލިބުނު ބައިވެރިންނަށް ބަދަލުގެ ގޮތުގައި މިހާތަނަށް 23.1 މިލިއަން ދިވެހިރުފިޔާ ވަނީ ދެވިފައެވެ. ބައިވެރިންނަށް ބަދަލު ދިނުމަށްފަހު ރިސްކް ފަންޑަށް މިވަނީ 7 ގެ ކުރިއެރުމެއް ލިބިފައެވެ. ކުންފުނީގެ ހިއްސާދާރުންގެ ފަންޑުވެސް މިވަނީ ވޭތުވެދިޔަ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %92 ގެ ކުރިއެރުމެއް ހޯދާފައެވެ. ފާހަގަކޮށްލެވޭވަރުގެ ކުރިއެރުމެއް ލިބިފައިމިވަނީ އިންވެސްޓްމަންޓުތަކާއި އަދި އެހެނިހެން އާމްދަނީ އިތުރުވެގެން ދިއުމުގެ ސަބަބުންނެވެ.
ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ޚިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑު ތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެބޮޑު ސިއްރެވެ. ކުންފުނީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް 'ސާޕްލަސް' އާއި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ 2011 ވަނައަހަރު ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވުނު ހިސާބުންދަނީ ކެނޑިނޭޅި ދެމުންނެވެ.
2018 ވަނައަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ %7.5 ދިނުމަށް ވަނީ ނިންމާފައެވެ. ވީމާ، 30 އޯގަސްޓް 2018 ވަނަދުވަހާއި ހަމައަށް ކުންފުނީގެ ހިއްސާ ބައްލަވައިގެންފައިވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ބެހުމަށް ވަނީ ނިންމާފައެވެ.