އީވާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލެކްސްޓޮން ކިޔާ ކުންފުންޏަކުން އިލެކްޝަންސް ކޮމިޝަންގައި ހަރަކާތްތެރިވާ ސަބަބު އެ ކޮމިޝަނުން ސާފު ކޮށްދޭން ޖެހޭ ކަމަށާޢި އެ މީހުން އިލެކްޝަންސް ކޮމިޝަނާ އެކު ކުރާ ކަމަކާއި އެ މީހުންނާ ހަވާލުކުރީ ކޮން މަސައްކަތެއް ކަން ވެސް ސާފު ކޮށްދޭން ޖެހޭނެ ކަމަށެވެ.
މިދިޔަ ޖޫން މަހު ނުވަތަ ޖުލައި މަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންތަކެއް ޗައިނާ އަށް ވަޑައިގެން އެ މީހުންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. ސައުތު އެފްރިކާގެ އެ ކުންފުނީގެ އޮފީސްތައް ޗައިނާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ހުރެ އެވެ.
ލެކްސްޓޮން އިން އިލެކްޝަންސް ކޮމިޝަނުގެ އައިޓީގެ ކަންކަމުގެ ތެރޭގައި އުޅޭ ކަމަށް ކުރާ ތުހުމަތު އެ ކޮމިޝަނުން ވަނީ ދޮގު ކޮށްފައެވެ.
މިކަމާގުޅިގެން އީސީގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އެ މީހުން ރާއްޖެ އައިސް އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރީ، އެ މީހުންގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްއާ ގުޅޭ މައުލޫމާތު ދޭން ކަމަށާއި ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމަކާ ގުޅުމެއް ނެތް ކަމަށެވެ.
. @ElectionsMv, pls explain the presence of Laxton Group.
— Eva Abdulla
Why does the EC need them?What services do they provide? Who contracted them?What democratic credentials do they have?Why was this not disclosed?
How do you claim fair elections, while you operate with zero transparency?