"އަޅުގަނޑުމެން އެދޭ ވެރިކަމެއްގައި ކޯޓުގެ އިސް ފަނޑިޔާރަކަށްވާނީ އެކޯޓުގެ ފަނޑިޔާރުކަމަށް އެންމެ ދޮށީ ފަނޑިޔާރު" ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
ޙުސްނުއްސުޢޫދު މިމޭރުމުން ވިދާޅުވެފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އިއްޔެ ސުޖާޢް ޢުޘްމާން ހަމަޖެއްސެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ސުޖާޢް ހައިކޯޓުގެ ފަނޑިޔާރަކަށް ހަމަޖެއްސީ 2015 ވަނަ އަހަރުއެވެ. އެހެންކަމުން ސުޖާޢް އެކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ތިން ވަނަ އަހަރެވެ. އެއިގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށެވެ. އެއިގެ ކުރިން ސުޖާޢް ވަނީ މެޖިސްޓްރޭޓްކަންވެސް ކުރައްވައިފައެވެ.