މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގައި ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވަނީ ޅޮހި. ފެހިވިނަ، ޙުސެއިން އަދުނާނު (30އ.) އެވެ. އޭނާ ފެނުންއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އަދުނާނު ފެނިފައިވަނީ ސީޕްލޭންގައި ވައިގެ މަގުން ބަލަމުން ދަނިކޮށް ކަމަށާއި އޭނާ މިހާރު ކޯސްޓްގާޑު ލޯންޗުގައި މަނަދޫ އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަސްވެރިކަމުގައި އަދުނާނު ޅޮހިން ފުރާފައިވަނީ ރޭ 22:30 ހާއިރުއެވެ. އޭނާއާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ގައި ކަމަށް މައުލޫމާތު ލިބުނު ކަމަށާއި މިމައްސަލަ އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ ދަންވަރު 2:00 ހާއިރު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.