ގްރީން ޓެކްސްއަށް ލިބޭ ފައިސާ ހޭދަކުރާނީ ޓެކްސް ނަގާ މަޤްޞަދު ޙާޞިލުކުރުމަށް: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ގްރީން ޓެކްސްއަށް ލިބޭ ފައިސާ ހޭދަކުރާނީ ޓެކްސް ނަގާ މަޤްޞަދު ޙާޞިލުކުރުމަށް: އިބޫ
ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ގްރީން ޓެކްސްއަށް ލިބޭ ފައިސާ، ކޯލިޝަނުގެ ވެރިކަމުގައި ހޭދަކުރާނީ ޓެކްސް ނަގާ މަޤްޞަދު ޙާޞިލުކުރުމަށް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

މާފުށީގައި ވާހަކަފުޅު ދައްކަވަމުން މިއަދު އިބޫ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކާއި ތިމާވެށްޓާއި ގުޅުންހުރި މައްސަލަތައް ރާއްޖޭގެ ހުރިހާ ރަށްރަށަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ ޓެކްސް ތަޢާރަފްކުރަން މަޖިލީހުގައި މަޝްވަރާ ކުރެވުނު އިރުވެސް ޓެކްސް އިން ލިބޭ ފައިސާ، ޓެކްސް ނަގާ މަޤްޞަދު ޙާޞިލު ކުރުމަށް ބޭނުންކުރުމަށް ބާރު އަޅައި މެންބަރުން އަޑު އުފުލި ކަަމަށެވެ. ނަމަވެސް ޓެކްސް ނަގަމުން ގެންދާއިރު އެ ފައިސާ ދައުލަތަށް ހޯދާ މަޤްޞަދު ޙާޞިލުކުރުމަށް ސަމާލުކަން ނުދޭ ކަމަށެވެ.

މާފުށީގައި މިހާރުވެސް 52 ގެސްޓް ހައުސް ހުރިއިރު 1200 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. 400 އެނދު މިހާރުވެސް ދަނީ ތަރައްޤީ ކުރަމުންނެވެ. އެހެންކަމުން މާފުށްޓަކީ އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ދައްކާ ރަށެވެ.
މިއަދު އޮންލައިން