އެލައިޑް އިންޝުއަރެންސުން ޖަމާލުއްދީނާއި ޣިޔާސުއްދީން ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެލައިޑްގެ އިޖްތިމާއީ ޒިންމާ އަށް ޚާއްސަކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓުގެ ދަށުން، މާލީ އެހީތެރިކަން ފޯރުކޮށްދިނީ އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމްގެ އިތުރުން ޣިޔާސުއްދީން ސްކޫލުގެ ރާސްބެރީ ޕައި އެކްސްޓެންޝަން ޕްރޮޖެކްޓަށެވެ.
އެލައިޑް ކުންފުނީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، ''މިއަދު މި ދެވުނު އެހީއަކީ އެ ސްކޫލޫތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ޓީވީ ކަހަލަ ތަކެގި ފޯރުކޮށްދިނުމަށް ދެވުނު އެހީއެއް. ދެން ޣިޔާސުއްދީންގެ ރާސްބެރީ ޕައި ޕްރޮޖެކްޓަކީ ކުރިން ވެސް ޕްރިމިއަމް ފޯ ގުޑްގެ ދަށުން އެހީތެރިވި ޕްރޮޖެކްޓެއް. މިހާރު މިއީ އޭގެ އެކްސްޓެންޝަނެއް'' ކަމަށެވެ.
އެލައިޑުގެ ސީއެސްއާރު ޕްރޮގްރާމް، ޕްރިމިއަމް ފޯ ގުޑްގެ ނަމުގައި ބްރޭންޑް ކުރީ މި އަހަރު ކުރީކޮޅު އެވެ.