އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތުލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެ

ކިޔުމަށް ހޭދަވާނީ 49ސ
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތުލް ބިހާރީ ވަޖްޕާއީ އަވަހާރަވެއްޖެ
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަތުލް ބިހާރީ ވަޖްޕާއީ މީގެ އިރުކޮޅެއް ކުރިން އަވަހާރަވެއްޖެއެވެ.

އަތުލް ބިހާރީ ވަޖްޕާއީ އަކީ އިންޑިއާގެ ބޮޑު ވަޒީރުކަމަށް ތިން ފަހަރަށް ހޮވުނު ބޭފުޅެކެވެ.

މަރުވިއިރު އޭނާގެ އުމުރުފުޅަކީ 93 އަހަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަރުވީ އޭނާގެ ކިޑްނީ އަށާއި މެއަށް ލިބުނު ގެއްލުންތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް) ހޮސްޕިޓަލުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޖްޕާއީ ގެ ބަލި ހާލަތު ގޯސްވާން ފެށީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާގެ ހާލު ބެލުމަށް އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ 24 ގަޑިއިރު ތެރޭގައި ދެ ފަހަރަށް އެހޮސްޕިޓަލަށް ޒިޔާރަތް ކުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޑްނީ އާއި މޭގައި ޖަރާސީން އުފެދިގެން އޭއައިއައިއެމްއެސް ހޮސްޕިޓަލުގައި ވަޖްޕާއީ އެނދުމަތި ކުރެވުނީ މިއަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން